05 Feb 2017, 20:46
މާލޭގައި ދިރިއުޅޭ ފިރިހެނެއްގެ ކުރީގެ އަނބިމީހާ އައިސް އޭނާގެ މިހާރުގެ އަނބިމީހާގެ ބޯ ފަޅާލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 07:15 ހާއިރު މާރާމާރީއެއްގެ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެހާދިސާގައި އަނިޔާވެފައިވަނީ އަންހެނަކަށް ކަމަށެވެ. އަދި އެމާރާމާރީ ހިނގާފައިވަނީ މާލޭގެ ގެއެއްގެ ތެރޭގައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މިހާދިސާގައި އަނިޔާވި މީހާއަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، "ސަން"އަށް އެނގިފައިވާ ގޮތުގައި މި މާރާމާރީގައި ބޯ ފަޅައިގެން ދިޔަ މީހާއަށް ހަމަލާދީފައިވަނީ އޭނާގެ ފިރިމީހާގެ ކުރީގެ އަންހެނުންނެވެ.
މި މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގުކުރަމުންނެވެ.