ވީބީ ސްޕޯޓްސް ކުލަބްގެ ކޯޗް ޖޭން ވަނީ އަށް ބޮޑުބޭބެ ކިޔާ ތުރުކީ ގޯލް ކީޕަރު ލެވެންޓް ވަންލީގެ ރިލީޒް ލިބިއްޖެ ކަމަށް ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

މޯހަން ބުނީ މި އަހަރު ފެށުނު އިރު ނިއުރޭޑިއަންޓާ ގުޅުނު ނަމަވެސް، ރިލީޒް ނުލިބޭތީ ލެވެންޓް އައީ ހަމަ އެކަނި ޓީމްގެ ފަރިތަކުރުން ތަކުގައި ބައިވެރިވަމުން ކަމަށާއި ނަމަވެސް މިހާރު ލެވެންޓް އަށް ރިލީޒް ލިބިއްޖެ ކަމަށެވެ. ޓީމްގެ އާ ގޯލް ކީޕަރުގެ ރިލީޒާބެހޭ އިތުރު ތަފްސީލެއް ކޯޗް މޯހަން ނުދެ އެވެ.

އުމުރުން 19 އަހަރުގެ ލެވެންޓް ވަނީ މިދިޔަ އަހަރު އޭނާގެ ބޮޑު ބޭބެ ވަންލީއާއެކު މާލެ އައިސް ވީބީގެ ޕްރެކްޓިހުގައި ވެސް ބައިވެރިވެފަ އެވެ. އޭނާ ނިއުއާ ގުޅުނީ މި ސީޒަނުގަ އެވެ. އޭގެ ފަހުން ނިއު އިން އައީ ލެވެންޓްގެ ރިލީޒް ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރި ކަމަށް ނިއުގެ އިސް އޮފިޝަލަކު ވެސް ވަނީ ބުނެފަ އެވެ.

ދާދި ފަހުން ވިކްޓަރީ ސްޕޯޓްސް ކުލަބްގެ ކުރީގެ ކެޕްޓަން ސޮބާހް މުހައްމަދު، )ސޮބާ( ވެސް ވަނީ ރިލީޒް ހޯދައިގެން ނިއު އާއި ގުޅިފަ އެވެ.