11 May 2010, 15:00
19:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ވަގުތީގޮތުން ހިންގެވުން މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން މަޙްމޫދު ރާޟީއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފި އެވެ.
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަގާމު ހުސްވެފައިވާތީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ވަގުތީގޮތުން ހިންގެވުން، މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން މަޙްމޫދު ރާޟީއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވައިފި އެވެ.
އެ މަޤާމުގައި ކުރިން ހުންނެވީ ޤައުމީ އިއްތިހާދު ޕާޓީން ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ދެ ވަޒީރުންގެ ތެރެއިން މުހައްމަދު ރަޝީދު އަދި އޭނާ އެ މަޤާމުން ރައީސަށް ޤާނޫނު އަސާސީން ލިބިވަޑައިގެންފައިވާ އިހްތިޔާރުގެ ދަށުން ވަކިކުރައްވާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހެވެ.