04 Feb 2017, 16:09
ހ.ދ ކުޅުދުއްފުށީ ގެއެއްގެ ތެރޭގައި ޖުވާ ކުޅެން ތިބި ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެ މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ ދެވަނަ ދުވަހުގެ ރޭ 21:00 ހާއިރު ކުޅުދުއްފުށީ ގެއެއްގެ ތެރޭގައި ޖުވާ ކުޅެން ތިއްބާ ކަމަށެވެ. އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ 10 މީހުންނަކީ 23 އަހަރާއި 48 އަހަރާއި ދެމެދުގެ ބަންގްލަދޭޝް މީހުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލާގައި ހައްޔަރުކުރި 10 މީހުންގެ ބަންދަށް ހަތް ދުވަސް ވަނީ ޖަހާފަ އެވެ.