ދުނިޔޭގެ އެކި ހިސާބުތަކުގެ ޝެފުން ބައިވެރިވާ ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ މި އަހަރުގެ މައުރަޒު މާލޭގައި ބާއްވަން ހަމަޖައްސައިފި އެވެ.

މި އަހަރުގެ ޗެލެންޖު އޮންނާނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގަ އެވެ. މި ޗެލެންޖު މިއަހަރު ބަހާލެވިފައި ވަނީ 20 ކެޓަގަރީއަކަށެވެ.

  • ޑްރެސް ދަ ކޭކް

  • ފްރުޓް އެންޑް ވެޖިޓެބަލް ކާވިން
  • ނޮވެލްޓީ ކޭކް
  • ޕްލޭޓެޑް ޑިޝެސް
  • ޑެޒާޓްސް (ޑިސްޕްލޭ)
  • ހޮޓް ކުކިން ފިޝް ފިލެޓް
  • ހޮޓް ކުކިން ބީފް
  • ހޮޓް ކުކިން ސީފުޑް
  • ހޮޓް ކުކިން ޕޯލްޓްރީ
  • ހޮޓް ކުކިން ލޭމްބް
  • ޑެޒާޓްސް
  • ހޮޓް ޕާސްތާ އެޕެޓައިޒާ
  • ކްރިއޭޓިވް އޭޝިއަން ޑިޝް
  • ކޯލްޑް ޕާސްތާ ސެލެޑް
  • ޓީމް ޗެލެންޖް
  • މޯލްޑިވިއަން ޑިޝް
  • ދަ ޕާފެކްޓް ސްޓީކް އެންޑް އޮމްލެޓް
  • ޔަންގް ޝެފް
  • ޓީ ޗެލެންޖް

މި ޗެލެންޖުން ހޮވާލެވޭ ހަ ފަރާތަކަށް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ އިންޑިވިޖުއަލް ކްލާސް ވިނާސް އެވޯޑާއި، މޮސްޓް އައިޓްސްޓޭންޑިންގް ޝެފް އެވޯޑާއި މޮސްޓް އައުސްޓޭންޑިން ޕޭސްޓްރީ ޝެފްގެ އެވޯޑާއި ޓޮޕް މޯލްޑިވިއަން ޝެފްގެ އިތުރުން ބެސްޓް ކަލިނަރީ އެސްޓަބްލިޝްމެންޓް - "އެލެން ޕާމާ ޗެލެންޖް ޓްރޮފީ"ގެ އެވޯޑު އަދި ޖަޖެސް ސެޕެޝަލް އެވޯޑެވެ.

މިދިޔަ އަހަރު މާލޭގައި ބޭއްވި ކަލިނަރީ ޗެލެންޖުގައި އެކި ގައުމުތަކުން ޖުމްލަ 450 އަށް ވުރެ ގިނަ ކައްކާއިން ބައިވެރިވި އެވެ. ޓޫރިޒަމް ދާއިރާ އަށް ސަޕްލައި ކުރުމުގައި ރާއްޖެ އާއި ރާއްޖޭން ބޭރުން ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ 120 ސްޓޯލްއާ އެކު ބޭއްވި އެ މައުރަޒު ނިންމާލީ ކާމިޔާބު ކަމާ އެކު އެވެ.