ސަތާރަ އަހަރު މީޑިއާގައި މަސައްކަތް ކުރެއްވުމަށް ފަހު މަޝްހޫރު ޕުރެޒެންޓަރު ހީނާ ވަލީދު ޕަބްލިކް ސާވިސް މީޑިއާ(ޕީއެސްއެމް) އިން އިސްތިއުފާދެއްވައިފި އެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ ނިއުސް ހެޑަކަށް ހުންނެވި ހީނާ މިއަދު ސަން އަށް ވިދާޅުވީ އަމިއްލަ ބޭނުމަކަށް ޕީއެސްއެމް އިން މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ދެން މީޑިއާއެއްގައި މަސައްކަތް ކުރެއްވުމުގެ ވިސްނުން އޭނާ ނުގެންގުޅެ އެވެ.

"އަޅުގަނޑު އިސްތިއުފާ ދިނީ އެއްވެސް މައްސަލައެއް ޕީއެސްއެމްގައި އޮވެގެނެއް ނޫން، ދިރިއުޅުމަށް އަންނާނެތާ ބަދަލުތައް،" ހީނާ ވިދާޅުވި އެވެ.

މިހާރު ޑިގްރީއާ ހަމައަށް މީޑިއާގެ ދާއިރާ އިން ތައުލީމް ހާސިލްކޮށްފައިވާ ހީނާގެ ވިސްނުން ހުރީ ދެން ވެސް ކިޔަވަން ދިއުމަށެވެ. ނަމަވެސް މީޑިއާ ދާއިރާ އިން ތައުލީމް ހާސިލް ކުރުމުގެ ވިސްނުން މިހާރު ހީނާ ނުގެންގުޅެ އެވެ.

ހީނާ އަކީ މިވަގުތު ރާއްޖޭގެ މީޑިއާއެއްގައި މަސައްކަތްކުރާ އެންމެ ތަޖުރިބާކާރު އަދި އެންމެ މަޝްހޫރު އެއް ޕުރެޒެންޓަރެވެ.