26 Jun 2011, 13:44
ޑެންމާކްގައި ކުރިއަށްދިޔަ ޔުއެފާ 21 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި އެވެ.
ފައިނަލްގައި ސްވިޒަލެންޑާއި ދެކޮޅަށް ކުޅެ ސްޕެއިން ޗެމްޕިއަންކޮށް ހޯދީ ޒުވިޒަލޭންޑް ކޮޅަށް ދެ ލަނޑު ވައްދާލައިގެނެވެ.
ޑެންމާކުގެ އާހުސް ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗްގައި ފުރަތަމަ ލަނޑު ޖަހާ ސްޕެއިން އިން ލީޑްް ނެގީ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓްގަ އެވެ. ލަނޑު ޖެހީ އަންޑޭއެވެ. ސްޕެއިންގެ ދެ ވަނަ ލަނޑު އައީ ދެ ވަނަ ހާފުގަގެ 81 ވަނަ މިނެޓްގަ އެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ތިއާގޯ އެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން ހޯދާފައިވާއިރު، އެ ޓިމް ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ފަހަތުން އަރާ ބެލާރުސް 3-1 ލަނޑުން ބަލިކުރުމަށްފަހުގަ އެވެ. އަދި ސްވިޒަލޭންޑް ފައިނަލަށް ދަތުރު ކުރީ ޗެކްރިޕަބްލިކް 1-0 އިން ބަލިކުރުމަށްފަހު އެވެ. މިއީ ސުވިޒަލޭންޑް މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަނުންނަކީ ވެސް ސްޕޭނެވެ.