އިންޑިއާގެ ބެންގަލޫރުގައި އެޕަލް ކުންފުނިން އައިފޯނު ހަދާ ފެކްޓަރީއެއް އެޅުމަށް، ބެންގަލޫރު ނިސްބަތްވާ ކަރުނާތަކާ ސްޓޭޓުން ތާއީދުކޮށްފިއެވެ.

އެޕަލްއިން މިދިޔަ މަހުގެ ކުރީކޮޅު ވަނީ، އިންޑިއާގައި އައިފޯނު އެސެމްބްލީ ޕްލާންޓެއް އެޅުމަށް ވިސްނާކަން ހާމަކޮށްފައެވެ.

އިންޑިއާގެ ކަރުނާތަކާ ސްޓޭޓުގެ ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ބެންގަލޫރުގައި އެސެމްބްލީ ޕްލާންޓެއް އަޅާން އެޕަލްއިން ހުށަހެޅި ޕްރޮޕޯޒަލްއަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި މިއީ އިންޑިއާގައި އައިފޯނު ހެދުމަށް އެޕަލްއިން ރާވާފައިވާ ޕްލޭންތަކާ އެކު ކުރިޔަށް ދެވިދާނެކަމުގެ ނިޝާނެއް ކަމަށް ކަރުނާތަކާ ސަރުކާރުން ބުނެއެވެ.

"އެޕަލްއިން ބެންގަލޫރުގައި މެނުފެކްޗާކުރުމަށް ނިންމި ނިންމުމުގެ ސަބަބުން އިންޑިއާއިން މި ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން ވާދަކުރުމަށް ވަރަށް ބޮޑު ދައުރެއް ލިބިގެންދާނެ،" ކަރުނާޓަކާ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެއެވެ.

އެހެން ނަމަވެސް، ރޮއިޓާސްއިން ރިޕޯޓުކުރާ ގޮތުގައި، ކަމުގެ މައުލޫމާތު ލިބިފައިވާ ފަރާތަކުން ބުނީ، މިކަމާ ގުޅޭ ޑީލެއް ނުވަތަ އެއްބަސްވުމެއްގައި، އެޕަލްއާއި ކަރުނާޓަކާ ސްޓޭޓާ އެކު މިހާތަނަށް ސޮއި ނުކުރާ ކަމަށެވެ.

ގެ ގޮތުގައި ދާދި ފަހުން ފާހަގަކޮށްފައިވާ، އިންޑިއާގައި ޓެކްނޮލޮޖީއަށް އެންމެ ފަރިތަ ސިޓީ ބެންގަލޫރުގައި އެޕަލްގެ މެނުފެކްޗަރިން ޕްލާންޓް އަޅާނީ، ޓައިވާނުގައި ހުންނަ އެޕަލްގެ މެނުފެކްޗަރިން ޕާޓްނަރު ވިސްޓްރޯން ކޯޕަރޭޝަނާ ގުޅިގެން ކަމަށް ބެެވެއެވެ.

އެޕަލްއިން އިންޑިއާގައި އައިފޯނު އެސެމްބަލްކުރަން ނިންމާފައިވާ އިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެމެރިކާގެ ކުންފުނިތަކުން އެމެރިކާއިން ބޭރުގައި ކާރުޚާނާތައް އަޅާ ނަމަ، އެކުންފުނިތަކުގެ މައްޗަށް އެވެ.

މިދިޔަ މަހުގެ ތެރޭގައި އެމެރިކާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ރައީސް ޓްރަމްޕް ވިދާޅުވީ ކުންފުނިތަކަށް ގާނޫނީ އަދި އުސޫލީ ގޮތުން ގިނަ އިނާޔަތްތަކެއްދީ، ޓެކްސްތައް ވެސް ކުޑަކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ނަމަވެސް، އެކުންފުނިތަކުގެ ފެކްޓްރީތައް އެމެރިކާއިން ބޭރުގައި އާޅާ ނަމަ، "ބޯޑަރު ޓެކްސް"ގެ ނަމުގައި ވަރަށް ބޮޑު ޓެކުހެއް އެކުންފުންޏެއްގެ މައްޗަށް ތަންފީޒުކުރެވޭނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

"ތިޔަ ކުންފުނިތަކުން ހަމައެކަނި ކުރަން ޖެހޭ ކަމަކީ އެމެރިކާގައި ދެމިތިބުން،" ރައީސް ޓްރަމްޕް ވިދާޅުވިއެވެ.