02 Feb 2017, 13:07
ބޮޑު ޗުއްޓީއާ ދިމާކޮށް ރެއިންބޯއިން ކުރިއަށް ގެންދިޔަ "އިޔާ އެންޑް ސޭލް"ގެ ނަސީބުވެރިން ހޮވައިފި އެވެ.
މިދިޔަ އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގެ ނަސީވެރިން ހޮވާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
އެ ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ އެއް ވަނަ ފަރާތަކަށް އައިފޯން 7، ދިނުމަށް ވަނީ ހަމަޖައްސައިފާ އެވެ. ދެވަނަ އަށް ހޮވޭ ފަރާތަކަށް ރެޑް އެޕަލް ބްރޭންޑުގެ ސޯފާ ސެޓެއް ދޭން ނިންމާފައިވާ އިރު ތިން ވަނައަށް ހޮވޭ ފަރާތަކަށް ދޭން ހަމަޖައްސާފައި ވަނީ އެލްޖީ ބްރޭންޑުގެ 9000 ބީޓީއޫގެ އިންވާޓާ އޭސީއެކެވެ.
ގުރުއަތުލުން ބޭއްވުމަށް ފަހު މި ފަރާތްތަކާ އިނާމުތައް ވަނީ މިހާރު ހަވާލުކޮށްފަ އެވެ.
އިޔާ އެންޑް ސޭލް އަކީ ކޮންމެ އަހަރަކު ވެސް ބޮޑެތި އިނާމުތަކާ އެކު ރެއިންބޯއިން ބާއްވަމުން އަންނަ ޕްރޮމޯޝަނެކެވެ.