Back
Nov 23, 2025 SUN
SUN

މުސާރަ ނުލިބިގެން 200 ފުލުހަކު ލޯނަށް އެދެފި

މުސާރަ ނުލިބިގެން 200 ފުލުހަކު ލޯނަށް އެދެފި
Lead photo

ފުލުހުންނަށް މިދިޔަ މަހުގެ މުސާރަ ދިނުން ލަސްވާތީ، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން ދޫކުރާ ލޯނަށް 200 އަށްވުރެ ގިނަ ފުލުހުން އެދިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މި މަހު މުސާރަ ދެންދެން ދޫކުރާ އެލޯނަށް މިހާތަނަށް 200 އަށް ވުރެ ގިނަ ފުލުހުން އެދިފައިވާ އިރު އަދި ވެސް އެދެމުން އަންނަ ކަމަށެވެ.

ދިހަހާސް ރުފިޔާއާ ހަމައަށް ދޫކުރާ އެލޯން ދެ މަސް ތެރޭ ދައްކަންޖެހޭ އިރު އެއްވެސް އިންޓުރެސްޓެއް ނާރަ އެވެ.

ފުލުހުން ފިޔަވައި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒިފުންނަށް ވަނީ މުސާރަ ދީފަ އެވެ. ފުލުހުންގެ މުސާރަ ލަސްވެފައި ވަނީ އަލަށް ބޮޑުކުރި މުސާރަތަކާ އެކު މުސާރަ ދިނުމަށް ހުށައެޅުމުންނެވެ.

ފުލުހުންގެ މުސާރަ ލަސްވުމާ ގުޅޭ ގޮތުން ފިނޭންސްގެ ޑިރެކްޓަރު އަހުމަދު އައިމަން ވިދާޅުވީ މުސާރަ ދިނުމުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި އެކަން ދަނީ އުސޫލުގެ ތެރެއިން ކަމަށެވެ.

ހާދިސާތަކާ ގުޅިގެން މަގުމައްޗަށް ނުކުންނަ ފުލުހުންނަށް އިސްކަންދީގެން ފުލުހުންގެ ބައެއް އެލަވެންސްތައް ވަނީ އިތުރުކޮށްފަ އެވެ. އަދި ފުލުހުން މުސާރަ ޝީޓް ފޮނުވީ އެ ބައިވެސް ހިމަނައިގެންނެވެ. މައްސަލަ ޖެހުނީ ދައުލަތުގެ މުސާރައިގެ އޮނިގަނޑު އެކުލަވާލަނިކޮށް ވަކި ބައެއްގެ މުސާރަ އަށް ކުރިއެރުން ދިން މައްސަލައަކާ ގުޅިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics