ހުޅުމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ދެ ޒުވާނަކު ހޯދަން އެ މީހުންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

ހުޅުމާލޭ އެއް ނަމްބަރު ފްލެޓްގައި ހިންގި މާރާމާރީއަކާ ގުޅިގެން ހޯދަން އިއުލާންކޮށްފައި ވަނީ ސ. ހިތަދޫ، ގެދަރު، އަޙްމަދު މިމްރާޙު، 23، އާއި ތ. ތިމަރަފުށި، ކަށިކެޔޮމާގެ، ރިޝާމު ރަޝީދު، 19، އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ހުޅުމާލޭ އެއް ނަމްބަރު ފުލެޓުގައި ވަނީ ހިންގާފަ އެވެ. އެ މާރާމާރީގައި މީހަކަށް ވަރަށް ބޮޑަށް ޒަހަމްކޮށްލި އެވެ.

މިމްރާހު އާއި ރިޝާމު ހޯދަނީ އެ މާރާމާރީއާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ވީމާ އަޙްމަދު މިމްރާޙު އާއި ރިޝާމު ރަޝީދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަފުލުހުންނަށްއެކަން އެންގުމަށް ވަނީ އެދިފަ އެވެ.