ކަނޑާއި އެއްގަމު ދަތުރުފަތުގެ ކަންކަން ބަލަހައްޓާ ޓުރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ މަހުދީ އިމާދު ހަމަޖައްސަވައިފި އެވެ.

ޓްރާންސްޕޯޓުގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަބްދުލް ރަޝީދު ނާފިޒް ވަނީ ލޭބާ ރިލޭޝަން އޮތޯރިޓީގެ ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލުކޮށްފަ އެވެ.

ނޫސްވެރިން ބައްދަލުވުމުގައި ނާފިޒް މައުލޫމާތު ދެއްވަނީ-- ސަން ފައިލް ފޮޓޯ

ިމިދުވަސް ވަރަކީ ދަތުރުފަތުގެ ނިޒާމަށް ގިނަ ބަދަލުތަކެއް ގެންނަ ދުވަސްވަރެކެވެ. ސައިކަލް ޓެކްސީ ތައާރަފްކުރުމާއި ޕުރިމިއަމް ޓެކްސީ ތައާރަފް ކުރުމުގެ މަސައްކަތުގެ އިތުރުން އުޅަނދުތަކުން ނަގަމުން އަންނަ ފީތަކަށް ވެސް ދާދިފަހަކުން ވަނީ ބަދަލުތައް ގެނެސްފަ އެވެ.