31 Jan 2017, 17:29
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޖުމްލަ 75 ރަށަކުން ބައިވެރިވެއްޖެ އެވެ.
ރާއްޖޭގެ ހުރިހާ ރަށްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެ މުބާރާތުގައި އަށް ޒޯން ހިމެނެ އެވެ. މުބާރާތުގައި ޖުމްލަ 20 އަތޮޅެއްގެ ޓީމުތައް ބައިވެރިވެފައިވެ އެވެ.
މިމަހުގެ 15 ވަނަ ދުވަހު ފުރަތަމަ ފެށިގެންދާނީ އަތޮޅު ބުރެވެ. އަތޮޅު ބުރުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ޒޯން ބުރަށް ދަތުރުކުރާނެއެވެ. އަދި ޒޯން ބުރުގެ ޗެމްޕިއަން ޓީމުތައް ފައިނަލް ބުރަށް ދަތުރުކުރާނެ އެވެ. އއ. އަތޮޅު އަދި ވ. އަތޮޅުން އެންމެ ރަށަކުން ބައިވެރިވެފައިވުމުން އއ. މާޅޮސް އަދި ވ. ފުލިދޫ ވާދަކުރަން ޖެހޭނީ ޒޯން ބުރުން ފެށިގެންނެވެ.
ޒޯން 1:
ހއ. އަތޮޅު- ފިއްލަދޫ، އިހަވަންދޫ، މާރަންދޫ، މުރައިދޫ.
ހދ. އަތޮޅު- ހަނިމާދޫ، ހިރިމަރަދޫ، ކުޅުދުއްފުށި، ކުމުންދޫ، ކުރިނބި، ނޭކުރެންދޫ، ނޮޅިވަރަންފަރު.
ޒޯން 2:
ނ. އަތޮޅު- ކުޑަފަރީ، ޅޮހި، މާޅެންދޫ، މަނަދޫ.
ށ. އަތޮޅު- ފުނަދޫ، ޅައިމަގު، މިލަންދޫ.
ޒޯން 3:
ބ އަތޮޅު- އޭދަފުށި، ދަރަވަންދޫ.
ޅ. އަތޮޅު- ނައިފަރު، ކުރެންދޫ، އޮޅުވެލިފުށި.
ރ. އަތޮޅު- ހުޅުދުއްފާރު، އިންނަމާދޫ، މީދޫ، އަލިފުށި، ރަސްމާދޫ، އުނގޫފާރު.
ޒޯން 4:
އއ. އަތޮޅު- މާޅޮސް.
އދ. އަތޮޅު- ކުނބުރުދޫ، މަހިބަދޫ، މަންދޫ.
ކ. އަތޮޅު- ދިއްފުށި، ގުޅި، ގުރައިދޫ، މާފުށި.
ޒޯން 5:
ދ. އަތޮޅު- ކުޑަހުވަދޫ، މީދޫ.
ފ. އަތޮޅު- ފީއަލި، މަގޫދޫ، ނިލަންދޫ.
މ. އަތޮޅު- މަޑުއްވަރި، މުލި، ނާލާފުށި، ވޭވަށް.
ވ. އަތޮޅު- ފުލިދޫ.
ޒޯން 6:
ލ. އަތޮޅު- ގަން، ކުނަހަންދޫ، މާބައިދޫ، މާމެންދޫ، މުންޑޫ.
ތ. އަތޮޅު- ގާދިއްފުށި، ގުރައިދޫ، ހިރިލަންދޫ، މަޑިފުށި، ތިމަރަފުށި، ވޭމަންޑޫ، ވިލިފުށި.
ޒޯން 7:
ގއ. އަތޮޅު- ދެއްވަދޫ، ކަނޑުހުޅުދޫ، ކޮލަމާފުށި، ކޮނޑޭ، ނިލަންދޫ.
ގދ. އަތޮޅު- ހޯނޑެއްދޫ، ގައްދޫ، މަޑަވެލި، ތިނަދޫ.
ޒޯން 8:
ފުވައްމުލައް ސިޓީ- ދަނޑިމަގު، ދޫނޑިގަން.
އައްޑޫ ސިޓީ- ފޭދޫ، ހިތަދޫ، މަރަދޫ ފޭދޫ، މަރަދޫ، މީދޫ.