31 Jan 2017, 16:32
ޗައިނާގެ ސަބްމެރިންތަކެއް ސްރީލަންކާގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނު (އީއީޒީ)ގެ ސަރަހައްދުގައި އުޅެނީ "ހަމައެކަނި އިގްތިސާދީ ބޭނުމުގައި" ކަމަށް ސްރީލަންކާގެ ނޭވީ ކޮމާންޑަރު ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ކަނޑުގެ ސަރަހައްދުތަކުގައި ޗައިނާގެ ނިއުކްލިއާ ސަބްމެރިންތަކެއް އުޅޭ ކަމަށް ވާ އިރު، އިންޑިއާއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ދެކުނު އޭޝިއާއާއި އިންޑިއާ ކަނޑުގެ ސަރަހައްދުތަކާއި ގައުމުތަކާ ޗައިނާއާ އިތުރަށް ގާތްވަމުން ދާތީ، އިންޑިއާއިން ވަރަށް ކަންބޮޑުވެއެވެ. އިންޑިއާ ދެކޭ ގޮތުގައި، މިކަމުގެ ސަބަބުން އިންޑިއާ ކަނޑުގައި އިންޑިއާގެ ބާރު ދަށްވާނެއެވެ.
ސްރީލަންކާގެ ނޭވީ ކޮމާންޑަރު ވައިސް އެޑްމިރަލް ރަވިންދްރަ ވިޖޭގުނަރަތުނަ މިހާރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އިރު، އޭނާ ވަނީ އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް، އެޑްމިރަލް ސުނިލް ލަމްބާއާ އިއްޔެ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި، ލަންކާގެ ނޭވީ ކޮމާންޑަރު ވިޖޭގުނަރަތުނަ ވިދާޅުވީ، ޗައިނާގެ ސަބްމެރިންތައް ލަންކާގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަނީ "ހަމައެކަނި އިގްތިސާދީ ބޭނުމުގައި" ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ބޭނުމެއް ކަމެއް އޭނާ ހާމަކުރެއްވި ކަމެއް ރިޕޯޓު ކޮށްފައެއް ނުވެއެވެ.
ސްރީލަންކާގެ ދެކުނުގައި އޮންނަ ހަމްބަންތޮޓަ ބަނދަރުގެ ގެ މެޖޯރިޓީ ހިއްސާ އޮންނަ ޖޮއިންޓް ވެންޗަރ ކުންފުންޏަކަށް ދިގު މުއްދަތަކަށް ދީ، އެކުންފުނީގެ ބާރުގެ ދަށުން ހަމްބަންތޮޓަ ބަނދަރު ހިންގަން ފަށާފައިވާ އިރު، އެ ބަނދަރު ކައިރީގައި ބޮޑު ސަރަހައްދެއްގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ވަނީ ގާއިމުކޮށްފައެވެ.
ލަންކާ ސަރުކާރުން ވަނީ އެތަނުގައި ޗައިނާގެ ކުންފުނިތަކުން އައިސް ކާރުޚާނާ އަޅައި، އިގްތިސާދީ މަސައްކަތް ކުރުމަށް ދައުވަތު ދީފައެވެ.
ލަންކާގައި ޗައިނާއަށް މިފަދަ ފުރުސަތުތަކެއް ދިނުމާ އެކު އިންޑިއާއިން ހިތްހަމަ ނުޖެހިދާނެތީ، ލަންކާގެ އިރުމަތީގައި އޮންނަ ލަންކާއިން މިއަހަރުގެ ތެރޭގައި ހުށަހެޅިއެވެ.