31 Jan 2017, 14:51
މޯބައިލް ފޯނުގެ ޝަރަފުވެރި ބައިނަލް އަގުވާމީ އެވޯޑެއްކަމަށްވާ ޖީއެސްއެމްއޭގެ ގްލޯމޯ އެވޯޑްސް އަށް އުރީދޫ މޯލްޑިވްސްއިންނޮމިނޭޓްވެއްޖެ އެވެ.
ނޮމިނޭޓްވެފައި ވަނީ އުރީދޫން މިދިޔަ އަހަރު އޯގަސްޓުމަހު، އޮންލައިކޮށް ކިޔަވައިދިނުމަށްތައާރަފްކުރި،އުރީދޫ ސްމާޓް ކެމްޕަސްހިދުމަތެވެ. އެ ޚިދުމަތް ނޮމިނޭޓްވެފައި ވަނީ ގްލޯމޯ އެވޯޑުގެ ބެސްޓް މޮބައިލް އިނޮވޭޝަން ފޯ އެޑިއުކޭޝަން އެންޑް ލާނިންގް އެވޯޑަށެވެ.
މޯބައިލް އިންޑަސްޓްރީ ގުޅިގެން އެކިއެކި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާ ޖީއެސްއެމް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޯބައިލް ހިދުމަތްދޭ 800 އަށް ވުރެ ގިނަ ޓެލެކޮމް ކުންފުނި ހިމެނޭ އެސޯސިއޭޝަނެކެވެ. އެ އެވޯޑަށް ނޮމިނޭޓްވި އުރީދޫގެ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އުރީދޫ މޯލްޑިވްސް އެކަންޏެވެ.
އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެން ނިޔާޒް، ސަން އަށް މިއަދު ވިދާޅުވީ އެފަދަ އެވޯޑަކަށް ޝޯޓްލިސްޓްވުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށާއި އުރީދޫގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅެމުންދާ ކުއްޖަކަށް ވެސް، މަތީ ތައުލީމު އުނގެނުމުގެ ފުރުސަތު ހޯދައިދިނުންކަމަށެވެ.
"އުރީދޫ ސްމާޓް ކެމްޕަސް މެދުވެރިކޮށް އަޅުގަނޑުމެންގެ މިގޮތުން، އެންމެ ފަހުގެ ޓެކްނޮލޮޖީތަށް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިޤްތިސާދީ އަދި އިޖްތިމާއީ ފުރުސަތުތައް އިތުރުކޮށްދިނުމަށް ޓަކައި، އަބަދުވެސް މަސައްކަތް ކުރަމުން ދާނަން،" ނިޔާޒު ވިދާޅުވި އެވެ.
ސްމާޓް ކެމްޕަސްގައި ހިމަނާފައިވާ "މައިކްރޯސޮފްޓް އިން އެޑިއުކޭޝަން"ގެ ޕްލެޓްފޯމް މެދުވެރިކޮށް، ކަރުދާހުން ހިންގޭ ނިޒާމުތައް، ކްލައުޑް މެދުވެރިކޮށް ހިންގޭ ނިޒާމަކަށް ބަދަލުކޮށް، ކިޔަވައިދިނުމުގައި އުޅުއްވާ ފަރާތްތަކަށް އޮންލައިންކޮށް ކަރިކިއުލަމް ބެލެހެއްޓުމަށް އެހީތެރިވެދޭނެ އެވެ.
އުރީދޫ ސްމާޓް ކެމްޕަސް މެދުވެރިކޮށް ޕޮލިޓެކްނިކްގައި މިހާރު ވެސް ދަނީ ކިޔަވައިދެމުންނެވެ.