31 Jan 2017, 12:46
ސ. ހިތަދޫގައި ލޯބިވެރިޔާއާ މައްސަލަ ޖެހުމުން ބުލީޗް ބުއި އަންހެނަކަށް ފަރުވާ ދިނުމަށް މާލެ ގެނައުމަށް ނިންމައިފި އެވެ.
އުމުރުން 24 އަހަރުގެ އެ އަންހެން ކުއްޖާ ބުލީޗް ބޮއެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އިން ފަރުވާދޭން ފަށާފައި ވަނީ ރޭގަ އެވެ.
އެ ހޮސްޕިޓަލްގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެއަންހެން ކުއްޖާގެ ހާލު އެހާ ސީރިއަސް ނޫން ނަމަވެސް ޑޮކްޓަރުން ނިންމާފައި ވަނީ މާލެ ފޮނުވުމަށް ކަމަށެވެ.
އެމައްސަލާގައި ފުލުހުންގެ ބަހެއް ވަނީ އަދި ލިބޭގޮތްނުވެފަ އެވެ.
އަމިއްލަ ނަފްސަށް ގެއްލުން ލިބޭ ކަމެއް ކުރުމަކީ ގާނޫނު އުގޫބާތުގެ ދަށުން ޖަލު ހުކުމް އަންނަ ކުށެކެވެ.