31 Jan 2017, 08:38
ސުޝާންތު ސިންގް އަދި ކްރިތީ ސަނޯންގެ ކުރިއަށް އޮތް ފިލްމު 'ރާބްތާ'ގެ ޝޫޓިންގ ގެ ތެރެއިން ކްރިތީ އަށް އަނިޔާވެއްޖެ އެވެ.
ކްރިތީ އަށް އަނިޔާ ވެފައި ވަނީ އެކްޝަން މަންޒަރެއް ނަގަން އުޅުމުގެ ތެރޭގައެވެ. މިދިޔަ ހަފްތާ ބަންދުގައި ހިނގި އެ ހާދިސާގައި ކްރިތީގެ ފައި ވަނީ ޒަޚަމްވެފައެވެ.
މިއީ 'ރާބްތާ' ގެ ޝޫޓިން ގައި އުޅެނިކޮށް ކްރިތީ އަށް އަނިޔާވި ދެވަނަ ފަހަރެވެ. މިދިޔަ މޭ މަހު ވެސް އެކްޝަން މަންޒަރެއް ނަގަން އުޅުމުގެ ތެރޭގައި ކްރިތީގެ ފުންނާބަށް ވަނީ ގެއްލުން ލިބިފައެވެ.
"ރާބްތާ" އަކީ ދިނޭޝް ވިޖާންގެ ފުރަތަމަ ޑައިރެކްޝަނެވެ. އެ ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ބުދާޕެސްޓް، ހަންގޭރީ އަދި މޮރިޝަސްގައެވެ. ފިލްމުގެ އެންމެ ފަހު މަންޒަރުތައް ނަގާފައި ވަނީ މިދިޔަ ޖުލައި މަހުގެ ފަހު ހަފްތާ އިން ފެށިގެން މޮރިޝަސްގައެވެ.
ލޯބީގެ ހާދިސާތަކެއްގެ މައްޗަށް އުފައްދާ އެ ފިލްމުގައި ގިނަ އެކްޝަން މަންޒަރުތަކެއް ވެސް ހިމެނޭނެއެވެ.
"ރާބްތާ" އަކީ ކްރިތީ އަދި ސުޝާންތު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.
ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެއްސި އެ ފިލްމުގެ ބައެއް މަންޒަރުތައް އަލުން ނެގުމަށްޓަކައި، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފިލްމު ރިލީކުރާ ގޮތަށް މިހާރު ވަނީ ނިންމައިފައެވެ.