ދިރާގު މޯބައިލް ހިދުމަތާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހަ މަސް ދުވަހު ހިލޭ ޑޭޓާ ލިބޭ ޕުރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ އަލަށް ދިރާގު ހިދުމަތް ނަގާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ހަ މަސް ވަންދެން ކޮންމެ މަހަކު ހިލޭ ދެ ޖީބީ ޑޭޓާ ލިބޭއިރު ފުރަތަމަ ތިން މަހު ފޯނު ބިލަށް 25 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަލަށް ޕްރީޕެއިޑް ނަގާ ފަރާތްތަކަށް ހަ މަސްވަންދެން ކޮންމެ މަހަކު އެއް ޖީބީ އިންޓަނެޓް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

އޭގެ ތެރޭގައި މިހާރު އުރީދޫ ބޭނުން ކުރާ ކަސްޓަމަރުންގެ ތެރެއިން އެ ނަމްބަރު ދިރާގަށް ބަދަލުކުރާ ކަސްޓަމަރުން ހިމެނެ އެވެ.

ދިރާގުން މިއަދު އެ ހިދުމަތް ފަށާފައިވާއިރު އެ ކުންފުނިން ދެމުން އައި އިންޓަނެޓަށް މިފަހުން ދިމާވި ޑީޑޮސް އެޓޭކްގެ މައްސަލަތައް ވަނީ ބޮޑުތަން ހައްލުކޮށްފަ އެވެ. އަދި މިހާރު އަލަށް އިންޓާނެޓް ޕެކޭޖް ނަގާ ފަރާތްތަކަށް ބޮޑު ޑިސްކައުންޓެއް ދެ އެވެ.