އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ އިމިގްރޭޝަން ސިޔާސަތަށް އެޕަލްއިން ތާއީދު ނުކުރާ ކަމަށް އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީސް ކުންފުނިތަކުގެ ތެރޭގައި ގުނާލެވޭ އެޕަލްގެ ސީއީއޯ ޓިމް ކުކް މިހެން ވިދާޅުވީ، އެމެރިކާއަށް ހަތް ގައުމެއްގެ މުސްލިމުން ވަނުން މަނާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ނެވެ.

ޓްރަމްޕް އިއްޔެ ނެރުއްވި ރިޔާސީ އަމުރެއްގެ ދަށުން، ހަތް ގައުމެއްގެ މުސްލިމުން ވަކި މުއްދަތަކަށް އެމެރިކާއަށް ވަނުން ވަނީ މަނާކޮށްފައެވެ. އެ ގައުމުތަކަކީ އިރާން، ސީރިއާ، ލީބިއާ، ޔަމަނު، އީރާގު، ސޫދާން އަދި ސޯމާލިއާއެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް، އޭނާގެ މުވައްޒަފުންނަށް ފޮނުއްވި އީމެއިލެއްގައި ވިދާޅުވި ގޮތުގައި އިމިގްރޭޝަނާ ނުލައި އެޕަލް ނުހިނގާނެއެވެ.

އެމެރިކާގައި ޓެކްނޮލޮޖީގެ ސިނާއަތުގެ ނާރެސް، ކެލިފޯނިއާގެ ސެން ފްރެންސިސްކޯ ބޭ ސަރަހައްދުގެ ދެކުނު ނުވަތަ "ސިލިކޮން ވެލީ"ގައި ހިންގާ ގިނަ ކުންފުނިތަކުގައި، އަރަބި ގައުމުތަކާއި އެހެނިހެން ގައުމުތަކުގެ ރައްޔިތުން މަސައްކަތް ކުރެއެވެ.

އެމެރިކާއަށް މުސްލިމު ބައެއް ގައުމުތަކުގެ ރައްޔިތުން ވަނުން މަނާ ކުރުމާ ގުޅިގެން ޖޭއެފްކޭ އެއާޕޯޓުގައި މުޒާހަރާ ކުރަނީ -- ފޮޓޯ: ގެޓީ

"މި ކުންފުންޏަށާއި ގައުމުގެ މުސްތަގުބަލުގައިވެސް އިމިގްރޭޝަނުގެ މުހިންމުކަން އެޕަލްއިން ދަނޭ. އިމިގްރޭޝަނާ ނުލައި އެޕަލް ކުރިއެއް ނާރާނެ. އަދި އެޕަލް ދެމި ވެސް ނޯންނާނެ،" ޓިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޓްރަމްޕްގެ ރިޔާސީ އަމުރުގެ ސީދާ އަސަރު ކުރާ އެތައް މުވައްޒަފުންނެއް އެޕަލްގައި އެބަ ތިބި ކަމަށާއި، އެޕަލްގެ ހިއުމަން ރިސޯސް އަދި ލީގަލް ޓީމްތަކުން ދަނީ، އެ ހުރިހާ މުވައްޒަފުންނަށް އެހީތެރިވެދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ކަމަށެވެ.

އަދި އެޕަލްއަށް ދިމާވެފައިވާ މައްސަލަތައް ވައިޓްހައިސްއަށް ވެސް ހިއްސާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓިމް ވިދާޅުވިއެވެ.

"މީހަކު އަންނަ ގައުމަކަށް، ވާހަކަދައްކާ ބަހަކަށް، ލޯބިވާ މީހަކަށް ނުވަތަ އަގީދާއަކަށް ބެލުމެއް ނެތި، އެޕަލް ވަނީ އެންމެންނަށް ހުޅުވާލެވިފައި. އަޅުގަނޑުމެންގެ މުވައްޒަފުންގެ ކިބައިގައި އެންމެ މޮޅެތި ހުނަރުތައް ހުރޭ. އަޅުގަނޑުމެންގެ ޓީމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ ބަޔަކު ހިމެނޭ ޓީމެއް،" ޓިމް ކުކް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުގެ ދަށުން ބައެއް ގައުމުތަކުގެ މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރުމާ ގުޅިގެން، އެމެރިކާގެ ނެވެ.

މީގެ އިތުރުން އެމެރިކާއަށް ވަނުން މަނާ މީހުންގެ ތެރޭގައި އިރާނުގެ ރައްޔިތުން ހިމެނިފައިވުމުން، އިރާނުން ވަނީ އެމެރިކާއާ މެދު ވެސް ހަރުކަށި ފިޔަވަޅު އަޅަން ނިންމާފައެވެ.

މި އަމަލަކީ އިސްލާމީ ދުނިޔެއާއި، ޚާއްސަކޮށް އިރާނަށް ފުރައްސާރަކޮށް، އިރާނުުގެ އަގު ވައްޓަލަން އެޅި ފިޔަަވަޅެއް ކަމަށް ބުނަމުން، އިރާނުން ވަނީ ް ރޭ ނިންމައިފައެވެ.