29 Jan 2017, 10:20
ކުންފުންޏަކުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދަން ފަށައިފި އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ކޯޓު އަމުރުގެ ދަށުން ހޯދަމުން ދަނީ މާލެ ދަފްތަރު ނަންބަރު 1987 އަޙްމަދު މުހައްމަދު (40އ) އެވެ. އަދި އެމީހާ ހޯދަމުން ދަނީ ކުންފުންޏަކުން ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޟިރުނުވާތީ ބަންދުގައި ބަހައްޓައިގެން އަންނަ މަހުގެ ފުރަތަމަ ދުވަހުގެ 11:30ގައި ކޯޓަށް ހާޒިރުކުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާއި ގުޅިގެން ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.
އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެ މައުލޫމާތެއް ފުލުހުންނާ ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.