އޮސްޓްރޭލިއާގެ މަޝްހޫރު ފެޝަން ބްރޭންޑެއް ކަމަށްވާ "ބިލަބޮންގް" ބްރޭންޑުގެ އުފެއްދުންތައް ސޮނީ ސްޕޯޓްސްގައި ވިއްކަން ފަށައިފިއެވެ.

މި ބްރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި ރާޅާ އަޅާއިރު ބޭނުންކުރާ ސޯޓާއި ބެންޔަން، ސްވިމް ސޫޓާއި ކެޝުއަލް ހެދުން ފަދަ ހެދުން ހިމެނެއެވެ. މި ތަކެތި ލިބެން ހުންނާނީ މީރާ ކުރިމަތީގައި ހުންނަ ސޮނީ ސްޕޯޓސްގެ ފިހާރައިންނެވެ.

މި ބްރޭންޑު ލޯންޗް ކުރުމާ ގުޅިގެން ސޮނީ ސްޕޯޓްސްއިން ވަނީ މިއަދުން ފެށިގެން ފެބްރުއަރީ މަހުގެ ދެވަނަ ދުވަހާހަމައަށް ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އެގޮތުން އެ ޕްރޮމޯޝަންގެ ދަށުން ބިލަބޮންގް ބްރޭންޑުގެ ތަކެތި ބައްލަވައިގަންނަވާ ފަރާތްތަކުގެ މެދުގައި، ކޮންމެ ދުވަހަކު ހެނދުނު ލަކީ ޑްރޯއެއް ބާއްވާނެ އެވެ.

ފުރަތަމަ ލަކީ ޑްރޯ އޮންނާނީ މާދަމާ ހެނދުނު އެވެ. އެގޮތުން ޕްރޮމޯޝަންގެ ހަ ދުވަހުގެ މުއްދަތުގައި ހަ ނަސީބުވެރިން ހޮވައި، އެބޭފުޅުންގެ އަތުން ތަކެތި ގަންނަން ދިޔަ ޚަރަދު އަނބުރާ އެމީހުންނަށް ދޭނެ ކަމަށް ސޮނީސްޕޯޓްސްއިން ބުންޏެވެ.