މިއަދު ހަވީރު މާލޭގައި ފަށާ ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ތިން ޓީމު ވެސް މުބާރާތަށް ތައްޔާރު ކަމަށާއި ނުކުންނާނީ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް ކަމަށް އެޓީމުތަކުން ބުނެފިއެވެ.

ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ތިން ޓީމަކީ ރާއްޖެއާއި، އީރާން އަދި ނޭޕާލެވެ.

ނޭޕާލްގެ ބަސް

ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން ވޮލީބޯޅަ މުބާރާތުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޕާލްގެ ކޯޗު ބުނީ، މުބާރާތުގައި އެޓީމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި އެންމެ ރަނގަޅު ކުޅުން ދެއްކުމަށް މަސައްކަތްކުރާނެ ކަމަށެވެ.

އީރާންގެ ބަސް

ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން ވޮލީބޯޅަ މުބާރާތުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އީރާންގެ ކޯޗު ބުނީ، އެހެން ޓީމުތަކޭ އެއްގޮތަށް އެޓީމު ވެސް ނުކުންނާނީ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް ކަމަށާއި އެންމެ ރަނގަޅު ނަތީޖާ ނެރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ކޮންމެ ޓީމެއް ވެސް ނުކުންނާނީ އެފަދަ ލަނޑުދަނޑިތަކެއް ހާސިލްކުރަން ކަމަށް ވެސް އޭނާ ބުންޏެވެ.

ރާއްޖޭގެ ބަސް

ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން ވޮލީބޯޅަ މުބާރާތުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ކޯޗު އަހްމަދު އަދީލް (ބޭބެ) ބުނީ، އެންމެ ރަނގަޅު ކުޅުން ދެއްކުމަށް މަސައްކަތްކުރާނެ ކަމަށާއި ބުރަ މަސައްކަތްކޮށް، ރަނގަޅު ނަތީޖާތަކެއް ނެރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

މިއަދު ހަވީރު ފަށާ އެމުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި ނޭޕާލެވެ. މާދަމާ ކުޅޭ މެޗުގައި ނޭޕާލްއާއި އީރާން ބައްދަލުކުރާއިރު، ހޮނިހިރު ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެއާއި އީރާނެވެ. އެމުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ހަވީރު 5:00ގައެވެ.