ޕަޓާޔާ (ޖެނުއަރީ 26): ތައިލޭންޑުގެ ރިޒޯޓު ރަށެއް ކަމަށްވާ ޕަޓާޔާގައި އިނގިރޭސިވިލާތުގެ ރައްޔިތެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

އިނގިރޭސިވިލާތުގެ ސައުތްހޭމްޕްޓަންއަށް ނިސްބަތްވާ ޓޯނީ ކެންވޭގެ ގަޔަށް ބަޑި ޖަހައި މަރާލީ ޕަޓާޔާގެ ސްޕޯޓްސް ކްލަބެއްގެ ކާރު ޕާކު ކުރާ ތަނެއްގައި ކަމަށް ބޭންކޮކް ޕޯސްޓުގައިވެ އެވެ. އެ ހާދިސާއާ ގުޅިގެން ވަނީ އޭނާގެ އާއިލާއަށް ހަމްދަރުދީގެ މެސެޖެއް ފޮނުވައިފަ އެވެ.

ބޭންކޮކް ޕޯސްޓުގައިވާ ގޮތުން މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ކެންވޭގެ ގަޔަށް ބަޑި ޖެހީ ސެނިޓް ސްޕޯޓްސް ކްލަބު ކައިރީގައި، އޭނާ ކާރު ތެރޭގައި އިންދަ އެވެ. އަދި ބަޑި ޖެހި މީހާ ވަނީ ސައިކަލަކުން ފިލާފައި ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

ވެބްސައިޓް ޑިޒައިން ކުރާ ވިޔަފާރިއެއް ހިންގާ ކެންވޭގެ އަންބަކާއި ހަތަރު ދަރިން ތިބޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ބީބީސީ)