މިއަދު ހަވީރު، އައްޑޫ ސިޓީ ހިތަދޫގައި ސައިކަލަކާއި ބައިސްކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ ދިވެއްސަކަަށާއި، ބިދޭސީއަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ 'ސަން' އަށް ވިދާޅުވީ، ހިތަދޫ ބޮޑު މަގުގައި އެކްސިޑެންޓެއް ހިނގައިގެން މިއަދު ހަވީރު 4:30 ގައި ރިޕޯޓު ކޮށްފައިވާ ކަމަށާއި އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާ ވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށްވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށެވެ.

ފުލުހުން އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެެވެ.