ހެންވޭރުގެ ގެއެއްގެ ތެރޭގައި ބިދޭސީ އަކު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ދާދި ދެންމެއަކު ވިދާޅުވީ، ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ 21 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މަރުވެފައިވަނީ ސްރީލަންކާގެ ރައްޔިތެކެވެ. އަދި އޭނާ ދަންޖެހިފައި ހުރީ ހ. ލައިޓްހައުސްގެ ފުރަތަމަ ފަންގިފިލާގައެވެ.

ދަންޖެހިގެން މަރުވި މީހާގެ ރަހުމަތްތެރިއަކު ސަން އަށް ކިޔައިދިން ގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނި މީގެ ފަސް ވަރަކަށް މަސް ކުރިން ކަމަށާއި މަސައްކަތް ކުރަމުންދަނީ ޕެސްޓް ކޮންޓްރޯލްގެ މަސައްކަތްކުރާ ކުންފުންޏެއްގައި ކަމަށެވެ.