މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން (ގްރީން ބޯއީސް)އަށް ބިދޭސީ އިތުރު ޑިފެންޑަރަކު ގެނެސްފިއެވެ.

އެންމެ ފަހުގެ ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަނުންނާ އަލަށް ގުޅުނީ ސާބިއާއަށް ނިސްބަތްވާ މިލޮސް ކޮވެސެވިޗް ނަމަކަށް ކިޔާ ކުޅުންތެރިއެކެވެ.

މިލޮސް ކޮވެސެވިޗްއަކީ ސާބިއާގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ ބައެއް ކްލަބުތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭގެ އިތުރުން އޭނާ ވަނީ ލިތުއޭނިއާގެ ފުރަތަމަ ޑިވިޝަންގައި އެފްކޭ ސޫޑުވާއަށް ވެސް ކުޅެފައެވެ.

މިލޮސް ކޮވެސެވިޗްއަކީީގްރީންބޯއީސްއާ ގުޅުނު ބިދޭސީ ހަތަރުވަނަ ކުޅުންތެރިޔާއެވެ. އޭނާގެ އިތުރުން، ރޫމޭނިއާ ޑިފެންޑަރު އަންދްރޭ ކޯޑޯސްއާއި، ކްރިގިސްތާން ގޯލްކީޕަރު ޕަވެލް މަޓިއާޝް އަދި ސާބިއާ ފޯވަޑް އަލެކްސެންޑާ ރަކިޗް ހިމެނެއެވެ..

ކުރިއަށްއޮތް ފުޓްބޯޅަ ސީޒަނުގައި މާޒިޔާއަށް އިރުޝާދުދޭނީ މިޔަންމާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި މެސެޑޯނިއާ ކޯޗު މަރްޔަން ސެކުލޮވްސްކީ އެވެ.