މީގެ އަށް އަހަރު ކުރިން އައްޑޫ ސިޓީއަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސ. ހިތަދޫ، ހަވާސާ، ހަސަން އަންވަރު އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ 2008 ވަނަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހުގެ ރޭ 12:30 ހާއިރު އައިލެންޑްއޭވިއޭޝަންގެ ފްލައިޓަކުން ސ. ގަމަށް މަސްތުވާތަކެތި ގެންދިޔަ މައްސަލައާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ކުރި ހުކުމްގައި ވަނީ ފުލައިޓުން އޭނާ ފޭބުމާއެކު ގަން ޕޮލިސްޓޭޝަނަށް ހާޒިރުކޮށް ހަށިގަނޑާއި އަންނައުނު ބަލައިފާސްކުރަނިކޮށް އޭނާގެ އަންނައުނެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އޭނާގެ އަތުން ފެނުނު 10 ރަބަރު ޕެކެޓްގައި 5293.17 ގްރާމް އޯޕީއޭޓްސް ހުރި ކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުންނެވެ.