މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. މަރުވެފައި އޮއްވާ ފެނުނީ 51 އަހަރުގެ ދިވެހި އަންހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނިދާފައި އޮތް އަންހެނަކު ހޭނުލައިގެން މިއަދު ހެނދުނު 9:30 ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި ބެލެވޭ ގޮތުގައި އެ އަންހެން މީހާ އޮތީ މަރުވެފައި ކަމަށެވެ.

އެ އަންހެން މީހާ މަރުވެފައި އޮއްވާ ފެނުނީ މ. ޏަމްޏަމް ގެއިން ކަމަށެވެ. އެ އަންހެން މީހާގެ ހަށިގަނޑު ވަނީ އައިޖީއެމައެޗަށް ގެންގޮސްފަ އެވެ.