މިދިޔަ އަހަރު ނުކުތް ކާމިޔާބު ފިލްމު، 'ބާޣީ'ގެ ދެވަނަ ބައިގެ ޝޫޓިން ފަށައިފި އެވެ.

ޓައިގާ ޝްރޯފް އަދި ޝްރައްދާ ކަޕޫރު އެކުގައި ފެނިގެން ދިޔަ އެ ފިލްމުގެ ދެވަނަ ބައިގައި ވެސް ލީޑު ރޯލުން ފެނިގެންދާނީ ޓައިގާ އެވެ. ނަމަވެސް ލީޑު އަންހެން ބަތަލާ އަދި ފައިނަލް ވެފައި ނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ޓައިގާ އާއެކު ފިލްމުގެ ޝޫޓިން ފަށާފައިވާ އިރު، ފިލްމު ޑައިރެކްޓު ކުރަނީ ކޮރެއޮގްރާފަރު އަހްމަދު ޚާން އެވެ. އަދި ފިލްމުގެ އެކްޝަން ބައިތައް ކޮރިއޮގްރަފް ކުރަނީ 'ކްރިޝް' އަދި 'ކްރިޝް 3'ގެ އެކްޝަން މަންޒަރުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ ޓޯނީ ޗިންގް އެވެ.

'ބާޣީ'ގެ ދެވަނަ ބައި ވެގެންދާނީ ފުރަތަމަ ފިލްމުގެ ސްޕިންއޯފް އަކަށެވެ. ފުރަތަމަ ބައިގައި ޓައިގާ ކުޅެފައި ވަނީ ލޯތްބަށް ޓަކައި ހަނގުރާމަ ކުރަމުން ދާ މީހެއްގެ ރޯލެވެ.

'ބާޣީ 2'ގައި ޓައިގާ ފެނިގެން ދާނީ ސިފައިންގެ މީހެއްގެ ރޯލުންނެވެ.