23 Jan 2017, 12:07
ނިމިދިޔަ 2016 ވަނަ އަހަރަކީ ރާއްޖޭގައި އެއް އަހަރުގެ ތެރޭގައި އެންމެ ގިނަ ރިސޯޓު ހުޅުވިގެން ދިޔަ އަހަރު ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ އަހަރު ފަތުރުވެރިން ބޭތިއްބުމަށް 124 ތަނަކަށް މުޅިން އަލަށް ހުއްދަ ދީފައިވެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ، މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، 2016 ޑިސެމްބަރާ ހަމައަށް، ފަތުރުވެރިން ބައިތިއްބާ ޖުމްލަ 667 ތަނަކާއެކު، 37،218 އެނދު ރެޖިސްޓްރީކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ މިދިޔަ އަހަރު ރާއްޖޭގައި 11 ރިސޯޓެއް ހުޅުވިގެން ދިޔަ ކަމަށާއި، މިއީ އެއް އަހަރު ތެރޭގައި އެންމެ ގިނަ ރިސޯޓު ހުޅުވިގެން ދިޔަ އަހަރު ކަމަށެވެ.
މިދިޔަ އަހަރު ހުޅުވި 11 ރިސޯޓަކީ (ނ. މެދުފަރު)، ފުރަވެރި އައިލެންޑް ރިސޯޓު (ރ. ފުރަވެރި)، ފިނޮޅު (ބ. ކަނިފުށި)، ދިގުފަރު އައިލެންޑް ރިސޯޓު (ބ. ދިގުފަރުވިނަގަނޑު)، ފޯ ސީޒަންސް ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އެޓް ވޯވަށް (ބ. ވޯވަށް)، (ބ. މިލައިދޫ)، މަލަހިނި ކުޑަބަނޑޮސް (ކ. ކުޑަބަނޑޮސް)، (ކ. މާދޫ)، ް ރިސޯޓު (ޅ. ހުރަވަޅި)، (ޅ. އޫކޮޅުފިނޮޅު) އަދި (ދ. ވޮށްމުލި)އެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ މިދިޔަ އަހަރު މި 11 ރިސޯޓުގެ އިތުރުން، 11 ޓުއަރިސްޓު އުޅަނދާއި، 101 ގެސްޓްހައުސް އަދި އެއް ޓުއަރިސްޓު ހޮޓެލް ހިންގުމުގެ ހުއްދަ ދެވުނު ކަމަށެވެ.
މިދިޔަ އަހަރު ރާއްޖެއަށް ގާތްގަނޑަކަށް 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރި އެވެ. މިއީ 2015 އާ އަޅާ ބަލާއިރު 4.2 ޕަސަންޓުގެ ކުރިއެރުމެކެވެ. އެެހެން ނަމަވެސް މިއީ 2016 ވަނަ އަހަރަށް ރާއްޖެއިން ކަނޑައެޅި ޓާގެޓަށް ވުރެ ލައްކައެއްހާ ފަތުރުވެރިން މަދު އަދަދެކެވެ.