22 Jan 2017, 14:03
ސަލްޓަންސް އޮފްދަ ސީސް އަށް ލިބޭ ފައިސާ ދޮންކެޔޮ އެންޓަޕްރައިޒަސް އަށް އެންގުމަކާ ނުލައި ބޭނުން ނުކުރުމަށް އަންގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
ސިވިލް ކޯޓުން އެފަދަ ވަގުތީ އަމުރެއް ނެރެފައި ވަނީ ދޮންކެޔޮ އެންޓަޕްރައިޒަސް އިން އެ ކޯޓުގައި ދައުވާކޮށްފައިވާ މައްސަލައެއްގައި އެފަދަ އަމުރަކަށް އެދިފައިވާތީ އެވެ.
ސިވިލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ސަލްޓަންސް އޮފް ދަ ސީސްގައި ދޮންކެޔޮ އެންޓަޕްރައިޒަސްގެ 50 ޕަސެންޓް ހިއްސާ ހިމެނޭކަން އިކޮނޮމިކް މިނިސްޓްރީން ދޫކޮށްފައިވާ ސަލްޓަންސް އޮފްދަ ސީސްގެ މައުލޫމާތު ހިމެނޭ ކޮމްޕެނީ ޕްރޮފައިލުން އެނގޭ ކަމަށެވެ.
އެ އަމުރުގައި ބުނެފައި ވަނީ އެ ހިއްސާތައް ދޮންކެޔޮ އެންޓަޕްރައިޒަސް އަށް ބަދަލުކޮށްދިން ދިނުން މިދިޔަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުހު އިކޮނޮމިކް މިނިސްޓްރީން އެކުންފުންޏަށް ފޮނުވި ސިޓީން ބާތިލްކޮށްފައިވަ ކަމަށެވެ. އަދި އެ މައްސަލާގައި އެކުންފުނީގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް ދައުވާ ކުރި މައްސަލަ އެ ކޯޓުގައި ހިނގަމުންދާ ކަމަށް ވެސް އެ އަމުރުގައިވެއެވެ.
އެހެންކަމުން އެފަދަ ހާލަތެއްގައި އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެނުދީފިނަމަ ދޮންކެޔޮ އެންޓަޕްރައިޒަސް އަށް އިޔާދަނުކުރެވޭވަރުގެ ގެއްލުންތަކެއް ވެދާނެކަމަށް ގަބުޅުކުރެވޭ ކަމަށް ވެސް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ ބުނެފައެވެ.