23 Jun 2011, 17:56
އެމްއެންޑީއެފްގެ 17 އޮފިސަރަކަށް މެޑެއްޔާއި އަދި 27 ބޭފުޅަކަށް ޝަރަފުގެ ނިޝާން މިއަދު ދެއްވައިފި އެވެ.
އެމްއެންޑީއެފުން ބުނީ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި “ސިފައިންގެ ޚިދުމަތުގެ މެޑަލް” 14 ފަރާތަކަށް ލިބިފައިވާ އިރު “އަހުލާޤީ މެޑަލް” ހަތް ފަރާތަކަށް ލިބިފައިވާ ކަމަށެވެ.
މިރަސްމިއްޔާތުގައި މެޑަލް ލިބިލެއްވި ފަރާތްތަކަށް މެޑަލް ހަވާލުކޮށްދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ތަލްހަތު އިބުރާހިމް ކަލޭފާނު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަދި ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރެވެ.
އެ ރަސްމިއްޔާތުގައި، އަހުލާޤީ ކުލަ ހަތަރު އޮފިސަރަކަށް އަލަށް ލިބިފައިވާ އިރު، އަހުލާޤީ ކުލަ ދެވަނަ ފަހަރަށް ނުވަ ފަރާތަކަށް ވަނީ ލިބިފަ އެވެ. އަދި އަހުލާޤީ ކުލަ ތިން ފަހަރަށް ދެ ފަރަތާކަށް ލިބިފައިވެ އެވެ. ދިގު މުއްދަތުގެ ޚިދުމަތުގެ ކުލަ އެއް ފަރާތަކަށް ލިބިފައިވާ އިރު ހާއްސަ ޚިދުމަތުގެ ކުލަ ދެ ފަރާތަކަށް، އަދި ސިފައިންގެ ޚިދުމަތުގެ ކުލަ ހަތް ފަރާތަކަށް ލިބިފައިވެ އެވެ. މީގެ އިތުރުން ތިން ފަރާތަކަށް ހުނަރުވެރިކަމުގެ ކުލަ އާއި އިހުލާސްތެރިކަމުގެ ކުލަ ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.