23 Jun 2011, 17:39
މާލޭގައި ކާބޯތަކެތި ހަދައި ވިއްކާ ޚިދުމަތް ދެމުން އަންނަ ތަންތަނުގެ ތެރެއިން ސާފުތާހިރުކަން ބެލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން ބަންދުކޮށްފައިވާ ތަންދޫރާއި ސަނދަނަޔަކާ ރެސްޓޯރެންޓް އަލުން ހުޅުވުމުގެ ހުއްދަ ދީފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީ (އެފްޑީއޭ) އިން މިހާރު ފަށާފައިވާ ކާބޯތަކެތީގެ ޚިދުމަތްދީ ވިއްކާ ހަދާ ތަންތަން އިންސްޕެކްޓް ކުރުމަށް ފަށާފައިވާ ޕަރޮގްރާމްގެ ދަށުން ނުވަ ތަނެއް މިއަދު ވަނީ އިންސްޕެކްޓް ކޮށްފަ އެވެ. ނަމަވެސް އެއްވެސް ތަނެއް މިއަދު ބަންދުކޮށްފައެއްނުވެ އެވެ.
އެފްޑީއޭއިން މިއަދާ ހަމައަށް 201 ތަން އިންސްޕެކްޓް ކޮށްފައިވާ އިރު 18 ތަނެއް ވަނީ ބަންދުކޮށްފަ އެވެ. އަދި 12 ތަނެށް ވަނީ އަލުން ހުޅުވުމުގެ ހުއްދަ ދީފަ އެވެ.
ސާފުތާހިރުކަން ކުޑަވެގެން އެންމެ ފަހުން އެފްޑީއޭ އިން ބަންދުކޮށްފައި ވަނީ "އަކަމީ ފުޑް" އެވެ.
ކާބޯތަކެތި ވިއްކާ ޚިދުމަތް ދެމުން އަންނަ ތަންތަނުގެ ސާފުތާހިރުކަން ބެލުމުގެ ގޮތުން މި މަހު ތެރޭ އެފްޑީއޭ އިން ފެށި ޕްރޮގްރާމްގެ ދަށުން މާލޭގެ މަޝްހޫރު ގިނަ ހޮޓާ ރެސްޓޯރެންޓްތަކެއް މިހާތަނަށް ވަނީ ބަންދުކޮށްފަ އެވެ.