21 Jan 2017, 08:21
ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފާޑުކިޔުންތައް އަމާޒުވުމުން ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން، ރޮނާލްޑޯ ދިފާއުކޮށް ވާހަކަދައްކައިފި އެވެ.
ސްޕްނިޝް ކޮޕާ ޑެލްރޭގައި ސެލްޓާ ވިގޯއާ ދެކޮޅަށް ކުޅެ، 2-1 ލަނޑުން ރެއާލް ބަލިވި މެޗުގައި ރޮނާލްޑޯއަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެކަމާ ގުޅިގެން އޭނާގެ ފޯމު ގެއްލިފައިވާ ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑިކިޔުންތައް އަމާޒުކުރަމުންނެވެ.
"ރޮނާލްޑޯއަށް އަބަދުވެސް ފާޑުކިޔާނެ. އޭނާއަށް ލަނޑެއް ނުޖެހިއްޖެއްޔާ ފާޑުކިޔާނެ. އެހެން މަގާމަކަށް ކުޅެންޏާވެސް ފާޑުކިޔާނެ. އޭނާއަށް ވެސް ދަށް ކުޅުމެއް ދެއްކިދާނެ. އެއީ އަހަރެންނަށް ވެސް ވީ ގޮތެއް. ރޮނާލްޑޯގެ އެންމެ އިސްކަމެއް ދޭން ހުރީ މަލާގާއާ ދެކޮޅަށް ކުޅޭ މެޗަށް. އިތުރު އެއްވެސް ކަމަކަށް ނޫން،" ޒިދާން ބުންޏެވެ.
ޒިދާން ބުނީ، ރެއާލުގައި ޓީމަށް ތަފާތު ދައްކާ ކުޅުންތެރިޔަކަށް ރޮނާލްޑޯ އަބަދުވެސް ވާނެ ކަމަށާއި ކުރިއަށް އޮތްތާ ކުޅުން ވަރުގަދަ ކުރުމަށް ރޮނާލްޑޯ މަސައްކަތްކުރާނެ ކަމަށެވެ.