20 Jan 2017, 13:12
އޮސްޓެރޭލިއާ (ޖެނުއަރީ 20): އޮސްޓެރޭލިއާގެ ނޮދަން ޓެރިޓަރީގެ ކޯރެއް ހުރަސްކުރަނިކޮށް ކިނބުލެއް ދިންް ހަމަލާއެއްގެ ސަބަބުން 47، އަހަރުގެ ފިރިހެނަކު މަރުވެއްޖެ އެވެ.
ނޮދަން ޓެރިޓަރީ ފުލުހުން ބުނީ ކިނބޫ އެމީހާއަށް ހަމަލާ ދީފައިވަނީ ކަކަޑޫ ނެޝަނަލް ޕާކްގެ ކޯރު ހުރަސްކުރަނިކޮށް ކަމަށެވެ. ކިނބޫ އެމީހާއަށް ހަމަލާ ދިން ފަހުން ދެ އަންހެނުންވެސް އެ ކޯރު ހުރަސްކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް އެއީ އެމީހާއަށް ހަމަލާދިން ކަން ނޭންގެނީސް ކަމަށް ވެ އެވެ.
ކިނބޫ ހަމަލާދީ މަރާލާފައި އޮއްވާ އޭނާގެެ ހަށިގަނޑު ފެނިފައިވަނީ ރޭގެ ވަގުތެއްގައި 1.2 މޭލު ދުރުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކަކަޑޫ ނެޝަނަލް ޕާކްގެ ކޯރަށް ނޭރުމަށާއި އެއީ ނުރައްކާ ސަރަހެއްދެއް ކަމަށް ބުނެ ޕާކުގައި ބޯޑެއްވެސް ބަހައްޓާފައި ހުންނަ ކަމަށްވެ އެވެ. ނަމަވެސް އާންމުކޮށްވެސް މީހުން އެ ކޯރު ހުރަސް ކުރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
އޮސްޓްރޭލިއާގައި މީގެކުރިން ކިނބުލެއް ހަމަލާ ދީ މީހަކު މަރާލާފައިވަނީ 1987 ގަ އެވެ. އެއީ އެގައުމުގެ އީސްޓް އެލިގޭޓާ ރިވާ ކައިރީ މަސް ބާނަން ހުއްޓައި ފައި ކަހަލައިގެން ކޯރަށް ވެއްޓުމުން ހިނގާދިޔަ ހާދިސާއެއްގަ އެވެ.