ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުން އާޖެންޓީނާގެ ބޮކަޖޫނިއާސްއިން ޗައިނާގެ ޝަންހާއި ޝެންހުއާ އަށް ސޮއިކުރި ކާލޯސް ޓެވޭޒް ޗައިނާއަށް ދިއުމުން އެ ޓީމްގެ ސަޕޯޓަރުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އުމުރުން 32 އަހަރުގެ އާޖެންޓީނާގެ ކުރީގެ ފޯވާޑް ޝެންހުއާއަށް ބަދަލުވީ 40 މިލިއަން ޕައުންޑްގެ ފީއަކަށް މަހަކު ތިން ލައްކަ ދިހަ ހާސް ޕައުންޑް ލިބޭގޮތަށެވެ. އެހެން ކަމުން ދެ އަހަރުގެ ތެރޭގައި މުސާރައިގެ ގޮތުގައި 84 މިލިއަން ޑޮލަރު ލިބޭނެ އެވެ.

ޓެވޭޒް ވަނީ މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަށް ކުޅުމަށް ފަހު އިޓަލީގެ ޔުވެންޓަސްގައި ވެސް ކާމިޔާބް ސީޒަންތަކެއް ހޭދަކޮށްފައެވެ.

ޓެވޭޒް ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް 76 މެޗު ކުޅެދީ 13 ގޯލު ކާމިޔާބްކޮށްދީފައެެވެ. ޓެވޭޒް އިތުރުން ވެސް ޔޫރަޕްގެ ވަރަށް ގިނަ ކިޅުންތެރިންތަކެއް ވަނީ ޗައުނާގެ ކްލަބްތަކާ ގުޅިފައެވެ. އޭގެ ތެރޭގައި ބްރެޒިލްގެ އޮސްކާ އާއި އަލެކްސް ޓަކްސޭރާ އާއި ރަމިރޭސާއި ޖެކްސަން މާޓިނޭޒް ފަދަ ކުޅުންތެރިން ވަނީ ބޮޑު މުސާރައަކަށް ޗައިނާ ކްލަބްތަކަށް ބަދަލުވެފައެވެ.