މެކްސިކޯ (ޖެނުއަރީ 20): މެކްސިކޯގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޭންގެއްގެ ވެރިޔާ ޖޯގިން ގުޒްމަން މެކްސިކޯގެ ޖަލުން އެމެރިކާގެ ޖަލަކަށް ބަދަލުކޮށްފި އެވެ.

ގުޒްމަން އެމެރިކާގެ ޖަލަށް ބަދަލުކޮށް އެކަން މެކްސިކޯގެ ސަރުކާރުން އިއްޔެ ވަނީ އާންމުކޮށް އިއުލާނުވެސް ކޮށްފަ އެވެ.

މީގެކުރިން މެކްސިކޯގެ ހައި ސެކިއުރިޓީ ދެ ޖަލަކުން ފިލައިގެން ދިއުމުން އޭނާ ފަހުން ބެހެއްޓީ ޓެކްސަސް ސިޓީގެ އަލް ޕަސޯގެ ޖަލެއްގަ އެވެ.

އިއްޔެ އޭނާ ނިއުޔޯކަށް ގެންގޮސްފައިވާއިރު، ގުޒްމަން އަށް އައިސްފައިވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަމުން ދެން އޭނާ ޖެހޭނީ ނިއުޔޯކްގެ ޖަލުގައި އުމުރު ދުވަސް ހޭދަކުރާށެވެ.

އެމެރިކާގެ ޖަލަށް ބަދަލުކުރަން އުޅުމުން އެކަމަށް ދެކޮޅުހަދައި ގުޒްމަން ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް ކޯޓުން މައްސަލަ ބަލައި ގަނެފައެއް ނުވެ އެވެ.

ލޯންޑްރީ ކާޓެއް ބޭނުންކޮށްގެން މެކްސިކޯގެ ޖަލަކުން 2001 ވަނަ ފިލާފައިވާ ގުޒްމަން 2015 ސެޕްޓެމްބަރުު މަހުގެ 11 ވަނަ ދުވަހު ހައި ސެކިއުރިޓީ ޖަލަކުން ފިލާފައިވަނީ 1.5 ކިލޯ މީޓަރުގެ ބިންގަރާހަކުންނެވެ.

ދުނިޔޭގައި މިހާތަނަށް ހިންގާފައިވާ ޑްރަގް ޓްރެފިކް ކުރުމުގެ އެންމެ ނުރައްކާތެރި އަދި ވަރުގަދަ އޮޕަރޭޝަންތަކުގައި އެންމެ އިސްކޮށް ހުރި ކަމަށް ބެލެވޭ ގުޒްމަން އަކީ 34000 މީހުންގެ މަރުގެ ޒިންމާ އުފުލަންޖެހިފައިވާ މީހެކެވެ.