20 Jan 2017, 11:27
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ކަނޑައަޅުއްވާފައިވާ ހާއްސަ ވަފުދެއް "ހދ އަތޮޅު ރައްޔިތުންގެ ހާލަތު ގާތުން ބެއްލެވުމަށް" އިއްޔެ ފުރާ ވަޑައިގެންފި އެވެ.
ހައުސިންގެ މިނިސްޓައު ޑރ މުހައްމަދު މުއިއްޒު މަންދޫބެއްގެ ގޮތުން އިސްވެ ހުންނަވާއިރު އެ ހާއްސަ ވަފުދުގައި މަޖިލިސް މެމްބަރުންވެސް ހިމެނިވަޑައިގަންނަވަ އެވެ.
އޭގެތެރޭގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާ، ކެލާދާއިރާގެ މެމްބަރު އަލީ އާރިފްގެ އިތުރުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ހިމެނިވަޑައިގަންނަވަ އެވެ.
ހައުސިންގް މިނިސްޓްރީން ބުނީ 22 ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ދަތުރުފުޅުގައި ހދ އަތޮޅުގެ ރަށްރަށަށް ވަޑައިގެން އެ ފަރާތްތަކަށް ދަތިވެފައިވާ ކަންކަން ގާތުން ބައްލަވާނެ ކަމަށެވެ.