19 Jan 2017, 16:21
އީރާނުގެ ވެރިރަށް ތެހްރާންގައި މިއަދު އަލިފާން ރޯވި 17 ބުރީގެ ޝޮޕިން މޯލެއް ވެއްޓި ބިމާ ހަމަވެއްޖެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ އިމާރާތުގައި އަލިފާން ރޯވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި އަލިފާނުގެ އެ ހާދިސާގައި 25 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، އަނިޔާވެފައިވަނީ ހަމަ އެކަނި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންދިޔަ އޮފިސަރުންނަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި އިމާރާތް ވެއްޓުނީ އަލިފާނުގެ ސަބަބުން އިމާރާތް ވަރުދެރަވެގެން ކަމަށް އޮފިޝަލުން ހާމަކުރެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ އިމާރާތަކީ 1960ގެ އަހަރުތަކުގެ ތެރޭގައި "ޕްލާސްކޯ ބިލްޑިން"ގެ ނަމުގައި އިމާރާތްކޮށްފައިވާ އިމާރާތެކެވެ. އެއީ އެދުވަސްވަރު ތެހްރާނުގައި ބިނާ ކުރި އެންމެ އުސް އިމާރާތެވެ.
لحظه فروریختن ساختمان#پلاسکودر#تهرانpic.twitter.com/MfhuYtxMLb
— خبرگزاری تسنیم (@Tasnimnews_Fa)January 19, 2017">
لحظه فروریختن ساختمان#پلاسکودر#تهرانpic.twitter.com/MfhuYtxMLb
— خبرگزاری تسنیم (@Tasnimnews_Fa)January 19, 2017
މި އިމާރާތް ވެއްޓޭ މަންޒަރު އީރާނުގެ ޓީވީ ޗެނަލަކުން ވަނީ ލައިވްކޮށްފައެވެ. އިމާރާތް ވެއްޓޭ އިރު އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރުގަނޑު ޖަހައިގެން މައްޗަށް އަރައިތިބި ފަޔާމަނުންވެސް ވެއްޓޭ މަންޒަރު އެ ޗެނަލްގެ ފުޓޭޖުން ފެނެއެވެ.
މިހާދިސާގައި މީހަކު މަރުވެފައިވާކަމުގެ މައުލޫމާތެއް ނުލިބެއެވެ. އަދި އަލިފާންގަނޑުގެ ސަބަބުން އިތުރު ގެއްލުމެއް ވެފައިވާ ކަމުގެ މައުލޫމާތެއްވެސް އަދި ނުލިބެއެވެ. މީގެ އިތުރުން މިހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ މިންވަރުވެސް އަދި ހާމައެއް ނުކުރެއެވެ.