މަސްތުވާތަކެތި ގެންގުޅުނު މީހަކު އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ހ. ފިލްމީ ސައިޓް ވިޝާމް މުހައްމަދުގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:10 އެހާކަންހާއިރު، ހާބަރު ސަރަހައްދުން މަސްތުވާތަކެއްޗާ އެކު އޭނާ ހައްޔަރުކުރި މައްސަލައާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ހާބަރު ސަރަހައްދުން ވިޝާމް ހައްޔަރުކޮށް އޭނާ ލައިގެންހުރި ޖީންސްގެ ޖީބު ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ފެނިފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ. އަދި އޭގެ ބަރުދަނުގައި 9960.8 ގްރާމް ޑައިމޯފިން (ހެރޮއިން) ހުރި ކަމަށް އެތެކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ވެސް ހުކުމްގައި ވެއެވެ.

ޖޫރިމަނާގެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގައިފައެވެ.