19 Jan 2017, 13:32
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިން ބޭނުންކުރައްވާ ފަރާތްތަކަށް ގޮތް ނޭނގޭ އީމެއިލް އެއް ލިބެމުންދާތީ ސަމާލުވުމަށް އެ ބޭންކުން އިލްތިމާސްކޮށްފި އެވެ.
ބީއެމްއެލްގެ ރަސްމީ ޓުވިޓާގައި އެ ބޭންކުން ބުނެފައި ވަނީ އިންޓަނެޓް ބޭންކިން އެކައުންޓްގެ މައުލޫމާތު އަޕްޑޭޓް ކުރަން އެދި ބައެއް ކަސްޓަމަރުންނަށް އީމެއިލްތަކެއް ފޮނުވަމުން ދާ ކަމަށެވެ.
Some customers have received emails from parties impersonating BML asking them to update account details via an online form. (1/2)
— Bank of Maldives (@bankofmaldives)January 19, 2017">
Some customers have received emails from parties impersonating BML asking them to update account details via an online form. (1/2)
— Bank of Maldives (@bankofmaldives)January 19, 2017
އަދި އެ އީމެއިލްގައި އޮންލައިން ފޯމެއް މެދުވެރުކޮށް އެކައުންޓްގެ މައުލޫމާތު އަޕްޑޭޓް ކުރަން ބުނެފައިވާ ކަމަށާއި ނަމަވެސް އެއީ އެ ބޭންކުން ފޮނުވާފައިވާ މެއިލްއެއް ނޫން ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.
Please discard any such request. We will never ask you to share any of your account or internet banking login details via email. (2/2)
— Bank of Maldives (@bankofmaldives)January 19, 2017">
Please discard any such request. We will never ask you to share any of your account or internet banking login details via email. (2/2)
— Bank of Maldives (@bankofmaldives)January 19, 2017
މިކަމާ ގުޅިގެން ބީއެމްއެލް އިން ބުނީ އެފަދަ އީމެއިލްއެއްގައި ބުނާ ކަންތައް ނުކުރުމަށް އެދިފަ އެވެ. އަދި އީމެއިލް މެދުވެރިކޮށް އިންޓަނެޓް ބޭންކިންގެ ލޮގިން ޑީޓެއިލް ހޯދަން އެ ބޭންކުން ނޭދޭނެ ކަމަށް ވެސް އެ ޓުވީޓުގައިވެ އެވެ.