ވައިޓް ހައުސް (ޖަނަވަރީ 19) : އެމެރިކާގެ އެއްވެސް މަގާމަކަށް ދެން ކުރިމަތިނުލައްވާނެ ކަމަށް އެ ގައުމުގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ރިޔާސީ މުއްދަތު ހަމަވުމުގެކުރިން އޮބާމާ ބޭއްވެވި އެންމެ ފަހުގެ ނޫސްކޮންފަރެންސްގައި އޭނާ ވިދާޅުވީ ހަޔާތުގައި ދެން އޮތް އަހަރުތައް ހޭދަކުރައްވާނީ ރަސްމީ ޒިންމާއެއްނެތި އަރާމު ކުރެއްވުމަށާއި ފޮތްލިޔުއްވުމަށާއި އާއިލާއާ އެކު ވަގުތު ހޭދަކުރެއްވުމަށެވެ.

އެމެރިކާގެ ރިޔާސަތުގައި އަދާކުރެއްވި ރިޔާސީ ދެދައުރަކީ މަސައްކަތްބޮޑު ބުރަ ދެއަހަރު ކަމަށް އޮބާމާ ވިދާޅުވި އެވެ.

އޮބާމާގެ ނޫސް ކޮންފަރެންސްގައި އެމެރިކާއާއި ރަޝިޔާއާ ދެމެދުގައިވާ ގުޅުންތަކުގެ މައްޗަށް ވެސް ބައްލަބާލެއްވި އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އެމެރިކާއާއި އެމެރިކާއާ ދެމެދު ރަނގަނޅު ގުޅުންތަކެއް ގާއިމް ވެފައި އޮތުމަކީ އެދެގައުމުގެ އިތުރުން އެކަމުގެ ފައިދާ މުޅި ދުނިޔެއަށް ވެސް ކުރާނެ ކަމަށް އޮބާމާ ވިދާޅުވި އެވެ.

އޮބާމާގެ ވާހަކާގައި ރަޝިޔާއަކީ ދުނިޔޭގެ އަމަނާއި ސަލާމަތަށް ނުރައްކާކުރެވޭ ފަދަ ބޮޑު ބާރެއްކަމަށާއި ރަޝިޔާގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބި ދުނިޔޭގައި ސުލްހަ ގާއިމް ނުކުރެވޭނެ ކަން ފާހަގަ ކުރެއްވި އެވެ. އަދި އޭނާގެ ވެރިކަމުގެ ދެވަނަ ދައުރުގައި ރަޝިޔާއާއި އެމެރިކާގެ ގުޅުންތައް ގޯސްވެގެންދިޔަކަމާއި ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕް ވަނީ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ދެގައުމުގެ ގުޅުންތައް ރަނގަނޅު ކުރާނެކަމަށް ވިދާޅުވެފަ އެވެ. އޮބާމާވަނީ މިކަމަށް މަރްހަބާ ވިދާޅުވެފަ އެވެ. އޮބާމާއާއި އޭނާގެ އާއިލާ މާދަމާ (ހުކުރުދުވަހު) ގެ ވަގުތެއްގައި ވައިޓް ހައުސް އިން ނުކުމެ ވަޑައިގަންނަވާނެ އެވެ. އެމެރިކާގެ ރައީސުލްމުންތަޚަބް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ ވެސް މާދަމާ (ހުކުރު ދުވަހު) ގެ ވަގުތެއްގަ އެވެ.

ހުވާކުރުމަށް ފަހު ޓްރަމްޕް ވައިޓް ހައުސްއަށް ވެދެވަޑައިގަންނަވާނެ އެވެ. ޓްރަމްޕް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސްއެޅުމަށް ޓަކައި އޭނާއާ އިދިކޮޅު ފަރާތްތަކުން ގެންދަނީ މުޅި އެމެރިކާގައި މުޒާހަރާތަކެއް ކުރަން ތައްޔާރުވަމުންނެވެ. (ނޫސްއެޖެންސީތައް)