18 Jan 2017, 17:32
އާ އަހަރު ފެށުމުގެ ގޮތުން ޚާއްސަ ޑިސްކައުންޓުތަކަކާއި އިނާމްތަކަކާ އެކު ކިކް އޮފް ސޭލްގެ ނަމުގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި ސޭލެއް ފަށައިފިއެވެ.
މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުން ވިއްކާ ހުރިހާ ބާވަތްތަކުގެ މުދާ ވަރަށް ހާއްސަ އަގެއްގައި ލިބެން ހުންނާނެ އެވެ. އެގޮތުން ކުރައްވާ ކޮންމެ -/500 (ފަސް ސަތޭކަ ރުފިޔާ) އިން މަތީގެ ވިޔަފާރިއަކަށް އިނާމެއް ލިބިވަޑައިގަންނަވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މީގެ އިތުރުން ޕްރޮމޯޝަން ކުރިއަށްދާއިރު ޕްރޮޑަކްޓް ޑެމޯތައް ވެސް ހޯމް އިމްޕްރޫވްމަންޓްގައި ކުރިއަށް ދާނެ އެވެ.