23 Jun 2011, 10:42
ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ތިން ޕަކެޓަކާ އެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ އާ ގުޅިގެން މި މަހު 20 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައި ވަނީ އުމުރުން 27 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއް ކަމަށެވެ.
ފުލުހުން ބުނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެތަކެއްޗާ އެކު ދެ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވަނީ ލ. ގަން ތުނޑި އަވަށު ގެއެއްގެ ފާހާނާ ތެރޭއިން ކަމަށެވެ.
އެ މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގްކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.