ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށްސޫދާންގެ ފިގުހު ކައުންސިލްގެ އިސްވެރިންގެ ވަފުދެއް ރާއްޖެ ވަޑައިގެންފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ ދައުވަތަކަށް ރާއްޖެ ވަޑައިގަތް ސޫދާން ފިގުހު ކައުންސިލްގެ ވަފުދުގައި އެ ކައުންސިލްގެޗެއާމަންޕްރޮފެސަރު އިސާމް އަހުމަދު އަލް ބަޝީރާއިއެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްޑރ. އާދަމް އިބްރާހީމް އަލް-ޝެއިން ދަވެލްބިތް އަދި އެ ކައުންސިލްގެ މެމްބަރަކު ހިމެނިވަޑައިގަންނަވައެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، ސޫދާން ފިގުހު ކައުންސިލްގެ އެ ދަތުރަކީ އަލަށް އުފެއްދި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް ހަރުދަނާ ކުރުމަށް އެ ކައުންސިލްގެ ތަޖުރިބާ އާއި މަޝްވަރާ ހިއްސާކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ސޫދާން ފިގްހު ކައުންސިލްގެ ވަފުދެއް ރާއްޖެ ވަޑައިގަތުން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އޭގެ އިތުރުން، ރާއްޖޭގެ ފަތުވާ މަޖިލިސް ހަރުދަނާ ކުރުމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއިޒަމާނީ ފިގުހީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެގޮތުން ސޫދާން ފިގުހު ކައުންސިލްގެ ދަތުރުފުޅުގައި ރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުގެ މެންބަރުންނާ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން، އަރަބިއްޔާ ސްކޫލަށާއި ގައުމީ ޔުނިވާސިޓީއަށާއި އިސްލާމިކް ޔުނިވާސިޓީއަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން ގުރުއާނާއި ބެހޭ މަރުކަޒަށްވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެ ދަތުރުފުޅު ނިންމަވލެއްވުމަށްފަހު ސޫދާން ފިގުހު ކައުންސިލްގެ ބޭފުޅުން ފުރައިވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަކީދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހެއްގެ ދަށުން، ފިގުހު އެކެޑެމީ އުވާލައި، އުފެއްދި މަޖިލީހެކެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ސޫދާން ފިގްހު ކައުންސިލްގެ ވަފުދެއް ރާއްޖެ ވަޑައިގަތުން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެ އިސްލާހު ތަންފީޒުކުރި އިރު، އެ މަޖިލީހުގައި ހިމެނޭ މެމްބަރުން ކަމަށް ކަނޑައަޅާފައި ވަނީ އިސްލާމިކް މިނިސްޓަރު އައްޔަނުކުރާ މެމްބަރަކާއި ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަނުކުރާ މެމްބަރަކާއި، ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކެޑެމިކް ސްޓާފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން އައްޔަނުކުރާ މެމްބަރަކާއި އަދި ރައީސުލްޖުމްހޫރިއްޔާ ސީދާ އައްޔަނުކުރައްވާ ދެ މެމްބަރުންނާ އެކު ޖުމްލަ ފަސް މެމްބަރުންނެވެ.

ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ ގާނޫނަށް ގެނައި އިތުރު އިސްލާހަކުން، އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަނުކުރާ މެމްބަރުގެ މާއްދާ ކަނޑާލައި، ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެމްބަރުންގެ އަދަދު ވަނީ ތިނަކަށް އިތުރުކޮށްފަ އެވެ.

ދީނީ ފަތުވާ ދޭ މަޖިލީސް އެކުލެވިގެންވާ ގޮތް:

  • އިސްލާމިކް މިނިސްޓަރ އައްޔަނުކުރައްވާ މެމްބަރު:ހަސަން ތައުފީގު

  • ގައުމީ ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީގެ އެކަޑެމިކް ސްޓާފުންގެ ތެރެއިން ރައީސްގެ ލަފާގެ މަތިން އައްޔަނުކުރާ މެމްބަރު:ޝައިޚް އާދަމް ޝަމީމް.
  • ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ތިން މެމްބަރުން:ޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް، އިބްރާހިމް އަހްމަދު އަދި އަލްއުސްތާޒް އިސްހާގު މުހައްމަދުފުޅު