11 May 2010, 05:17
10:00
ސިވިލް ސިވިލް ސާވިސްގެ ގާނޫނުގައި ބުނެފައިވާގޮތަށް ސިވިލްސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމަށް އެމްޑީޕީން ސިވިލްސާވިސް ކޮމިޝަނަށް ގޮވާލައިފި އެވެ.
އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި އެ ޕާޓިގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު ވިދާޅުވީ، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންވާ ބާރުގެ ދަށުން، ކޮންމެ ރަށެއްގެ ރަށު އޮފީހަށް ކައުންސެލަރުން އައްޔަން ކުރެއްވީ، ރަށްރަށުގައި ސަރުކާރު ތަމްސީލްކުރާ ބަޔަކު ތިބެންޖެހޭތީ މަޖުބޫރުވެގެން ކަމަށެވެ. އަދި އެ ކައުންސެލަރުން ތިބޭނީ އިންތިހާބު ބޭއްވެންދެން ކަމަށާއި އިންތިހާބަށްފަހު އެމީހުން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ. ރަށްރަށުގައި ތިބި ކައުންސެލަރުންނަށް އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަމުންދާތީ އެކަން ކުށްވެރި ކުރައްވައި ނާޒިމު ވިދާޅުވީ، ސިވިލްސާވިސްގައި ތިބީ ކުރީގެ ސިޔާސީ މާގާމުތަކުގައި ތިބި މީހުން ކަމަށެވެ. އަދި ރާއްޖޭގައި ކިޔަވައިގެން ތިބި މީހުން އެބަތިބި ކަމަށާއި އެހެންކަމުން އެފަދަ މީހުންނަށް ސިޔާސީ މަގާމުތައް ދިނުމަށް ވެސް ނާޒިމު އެދިވަޑައިގެންނެވި އެވެ.