22 Jun 2011, 18:10
ކާބޯތަކެތި ހަދައި ވިއްކާ ތަންތަނުގެ ސާފިތާހިރުކަން ހުރި މިންވަރު ބެލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން މާލޭގައި ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ދަށުން ސާފުތާހިރުކަން ކުޑަވެގެން "އަކަމީ ފުޑް" ބަންދުކޮށްފި އެވެ.
ފުޑް އެންޑް ގްރަގް އޮތޯރިޓީން މިއަދު ބުނީ އަކަމީ ފުޑް ބަންދުކުރަން ޖެހުނީ އެއޮތޯރިޓީން ބަލާ ސާފުތާހިރު ކަމުގެ މިންގަނޑަށް އެ ތަނުގެ ސާފުތާހިރުކަން ނެތުމުން ކަމަށެވެ. ނަމަވެސް އެއީ ކޮންކޮން ކަންތައްތަކެއް ކަމެއް އެ އޮތޯރިޓީއަކުން ހާމައެއް ނުކުރެ އެވެ.
އެ އޮތޯރިޓީން އިސްލާހުކުރުމަށް ހުށަހެޅި ކަންތައްތައް އިސްލާހު ކުރުމަށް ފަހު އަލުން ހުއްދައަށް އެދުމުން "ހޮޓެލް އިން" އަލުން ހުޅުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެފްޑީއޭ އިން ކުރިއަށް ގެންދާ ޙާއްސަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 192 ތަނެއް ބަލާފާސްކޮށްފައިވާއިރު އޭގެ ތެރެއިން 18 ތަނެއް ބަންދުކުރުމަށް ފަހު، އަލުން ހުއްދައަށް އެދި ހުށަހެޅުމުން 10 ތަނަށް ވަނީ ހުއްދަދީފަ އެވެ.