14 Jan 2017, 10:53
ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީ އިން ހީދާފައިވާ ހިދުމަތަަކަށް ދައްކަން ޖެހޭ 50،000 ރުފިޔާ ދައްކަން އަމިއްލަ ފަރާތަކަށް ސިވިލް ކޯޓުން އަންގައިފި އެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޖީޓީއެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފެން ކުންފުނިން ދޫކޮށްފައިވާ ހަތަރު ހައިޑްރޯނިކް މެމްބްރޭން އެލަމެންޓަށް ވާ ފައިސާ ނުދައްކައިވާ ކަމަށެވެ.
ޖީޓީއެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހަތަރު ހައިޑްރޯނިކް މެމްބްރޭން އެލަމެންޓް ގަނެފައި ވަނީ 2013 ވަނަ އަހަރު އެވެ.
އެމުދަލުގެ އަގަކީ 57،208 ރުފިޔާ ކަމަށް ހުކުމުގައިވެ އެވެ. އަދި ދައުވާ ލިބޭ ފަރާތުން ދައުވާއަށް އިއުތިރާފުވެފައި ވާތީ ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ސިވިލް ކޯޓުން ވަނީ އަންގައިފަ އެވެ.