14 Jan 2017, 09:29
ސޮނާކްޝީ ސިންހާގެ ކުރިއަށް އޮތް ފިލްމު 'ނޫރު'ގެ ޝޫޓިން އޭނާ ނިންމާލައިފި އެވެ.
ފިލްމުގެ ޝޫޓިން ނިންމާލިކަން ސޮނާކްޝީ ހާމަކޮށްފައި ވަނީ އޭނާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައެވެ. ފޮޓޯއަކާ އެކު އޭނާ ކުރި ޕޯސްޓުގައި ވަނީ އެ ފިލްމުގެ މަސައްކަތް ކުރުމުގެ ފުރުސަތު ދިން ކަމަށްޓަކައި ފިލްމުގެ ޑައިރެކްޓަރަށް ޝުކުރު އަދާކޮށްފައެވެ.
ނޫރުގައި ސޮނާކްޝީ ފެނިގެން ދާނީ ޕާކިސްތާނުގެ ކަރާޗީގައި ދިރިއުޅޭ ނޫސްވެރިއެއްގެ ރޯލުންނެވެ.
"ނޫރް" އަކީ ސަބާ އިމްތިއާޒް ލިޔެފައިވާ ވާހަކަ "ކަރާޗީ، ޔޫ އަރ ކިލިންގ މީ"ގެ މައްޗަށް އުފައްދާ ފިލްމެކެވެ. އެއީ މަޖާ، ކްރައިމް-ތުރިލަރ އެކެވެ.
'ނޫރް' ރިލީޒް ކުރާނީ އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ.