ހުވަދޫ ކަނޑުން ސަބްމެރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، ފެނިގެން އުޅެނީ ސުޕާ ޔޮޓެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، އިބްރާހިމް އާޒިމް ވިދާޅުވީ، ސޯޝަލް މީޑިއާގައި އެފަދަ ޚަބަރުތަކެއް ފަތުރަމުންދާތީ އެމްއެންޑީއެފް އިން ބެލިބެލުމުގައި ހުވަދޫ ކަނޑުން ފެނުނު ކަމަށް ބުނާ އުޅަނދަކީ ގަވާއިދާ އެއްގޮތަށް ހުއްދަ ލިބިގެން ރާއްޖެ އައިސް އުޅޭ ސުޕާ ޔޮޓެއް ކަމަށެވެ.

ސުޕާ ޔޮޓަކީ، ލަގްޝަރީ ފެންވަރުގެ މަތީފަންތީގެ ޔޮޓުގެ ބާވަތެކެވެ. މިފަދަ ޔޮޓުތަކުގައި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ.